

Download Fonts
|
|
ޖަމްޢިއްޔާގެ ޙަރަކާތްތައް
މިއަހަރު ދަކޯލް ބޭއްވުމަށް ހަމަޖައްސައިފި މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2162 ފަހަރު
ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒް ހާމަކުރެއްވިގޮތުގައި މިފަހަރުގެ މި އިވެންޓަކީ އިންޓަރނޭޝަނަލް ދައުވާ އިވެންޓެއް ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ގެންދަން ރާވާފައިވާ ފުރަތަމަ ފަހަރު ކަމަށާއި އެގޮތުން އައްޑޫގެ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލްއިސްލާމް އާއި ގުޅިގެން އައްޑޫގައި ސަލަފް "ދަ ކޯލް 2014" ގެ ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.
އައްޑޫގައި ބާއްވާ ޙަރަކާތްތަކާއި ގުޅޭގޮތުން ނޫރުލް އިސްލާމްގެ ރައީސް މުޙައްމަދު އަނީލް ވިދާޅުވެފައިވާގޮތުގައި "ދަކޯލް" ގެ ޙަރަކާތް އައްޑޫގައި ބޭއްވުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އަދި މިފަދަ ބޮޑު އިވެންޓެއް އައްޑޫގައި ބޭއްވުމުން އޭގެ ފައިދާ މުޅި އަތޮޅަށް އިންޝާﷲ ކުރާނެކަމަށެވެ.ތަފްޞީލް |
ޖަމްޢިއްޔާގެ ޙަރަކާތްތައް
އައްޑޫގެ އާއިލާތަކަށް ދީނީ އިލްމުވެރިން ހަމަޖައްސައި ދިނުމުގެ ޕްރޮގްރާމެއް ފަށައިފި މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2149 ފަހަރު
ދިނީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ އައްޑޫގެ ހުރިހާ އާއިލާތަކަށް ދީނީ އިލްމުވެރިން ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ފަށައިފި އެވެ.
"ދިނީ އިލްމުވެރިންނާ އެކު ދޮރުން ދޮރަށް، އިސްލާމް ދީނުގެ ދައުވަތާއިގެން" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ރަށެއްގެ އާއިލާތަކަށް އިއްޔެ ރަސްމީކޮށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ.
ތަފްޞީލް |
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2299 ފަހަރު
އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫރުލްއިސްލާމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1435 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙައްޖު ފޯރަމް 1435 ނަމުގައި އެއް ދުވަހުގެ ޢިލްމީ ކޯހެއް ހިންގުމަށް އެޖަމްޢިއްޔާއިން ނިންމައިފިއެވެ.
ސެޕްޓެމްބަރ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި،
އައްޑޫ އިން މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ހިލޭ ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިކޯހުގައި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން ފެށިގެން، ޙައްޖަށް ރާއްޖެއިން ފުރުމާއި، އެނބުރި ރާއްޖެ އައުމާއި ދެމެދު ކުރަންޖެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ކިޔައިދެވި، ޢަމަލީ ގޮތުން ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ތަފްޞީލް |
ޖަމްޢިއްޔާގެ ޙަރަކާތްތައް
އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިޙާނުތައް އައްޑޫގައި ކުރިއަށް ދަނީ މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2109 ފަހަރު
އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ އިމްތިޙާނުތައް އައްޑޫގައި މިއަދު ފެށިއްޖެ އެވެ.
އެ ޔުނިވާސިޓީގެ ރަސްމީ އިމްތިޙާން ސެންޓަރެއްގެ ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއްގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ސެންޓަރުގެ ގޮތުގައި ޤާއިމު ކުރެވިފައިވާ ނޫރުލްއިސްލާމް އިމްތިޙާން ސެންޓަރުގައި ދެދަރިވަރަކު މިއިމްތިޙާނު ހަދަމުން ގެންދެއެވެ.
އައީއޯޔޫއަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ ދަށުން އެކި ދާއިރާތަކުން ކިޔަވައި ދެމުން ގެންދާ އޮންލައިން ޔުނިވަރސިޓީއެކެވެ. މި ޔުނިވާސިޓީގައި ހިލޭ ކިޔަވައިދޭ ޑިޕްލޮމާ ކޯސްތަކާއި، އަދި ކުޑަ ރަމްޒީ އަގަކާއެކު ކިޔަވައިދޭ ޑިގްރީ ކޯސްތައްވެސް ހިންގަމުން ގެންދެއެވެ.
ތަފްޞީލް |
ޖަމްޢިއްޔާގެ ޙަރަކާތްތައް
ޣައްޒާ ފަންޑުގެ ފޮށިތައް ހިތަދޫ އާގަލާ މާޓް އަދި ފޭދޫ ތްރީ އެސް ގައި މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2161 ފަހަރު
ފަލަސްޠީނުގެ ޣައްޒާގައި ޒައިނިސްޓުން ހިންގަމުންދާ ޢުދުވާނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޣައްޒާ ފަންޑުގެ ފަންޑު ފޮށިތައް ހިތަދޫ އާގަލާ މާޓް ފިހާރައާއި، ފޭދޫ ތްރީ އެސް ސުޕަމާޓް ފިހާރައިގައި ބެހެއްޓިފައި ވާނެއެވެ.
ތަފްޞީލް |
|
|