ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 އިޢުލާން / ދެންނެވުން  
ނޫރުލްއިސްލާމްގެ ޢަރަބި ބަސް ދަސްކޮށްދޭ ކޯހާ ބެހޭ

Sunday, September 16, 2012
 : ނޫރުލްއިސްލާމް


ނޯޓް: މި ކޯހުގެ ކިޔެވުން އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ. ހަފްތާއަކު 3 ރޭ، ކޮންމެ ރެއަކު 8:30 އިން 10:00 އަށެވެ. މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

*************************************************************

 

ނަންބަރު: NI/IU/2012/004

 

އިސްލާމްދީން އުނގެނިގަތުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ، ޢަރަބި ބަސް އުނގެނިގަތުން ކަމަށްވާތީއާއި، އިސްލާމީ ތަޢުލީމު މީސްތަކުންގެ މެދުގައި ފެތުރުމަކީ ނޫރުލްއިސްލާމް އުފެއްދުމުގެ މަޤްޞަދު ތަކުގެ ތެރެއިން މުހިއްމު މަޤްޞަދެއް ކަމުގައި ވާތީ، މި ޖަމްޢިއްޔާގެ ފަރާތުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޢަރަބި ބަހުގެ ކޯހެއް ހިންގުމަށް ނިންމައިފީމެވެ.

ކޮންމެ ހަފްތާއަކު ތިންރޭ ކިޔަވައި ދެވޭ ގޮތަށް ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައި ދެއްވާނީ ޢަރަބި ބަހާއި އިސްލާމީ ތަޢުލީމުން ފުރަތަމަ ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅުންނެވެ. މިކޯސް ހިންގުމަށް ޤަޞްދު ކުރެވިފައިވަނީ، 4 ސެމެސްޓަރ އަކަށް ބަހާލައިގެންނެވެ. މި ކޯސް ނިމޭއިރު، އިރާދަކުރެއްވިއްޔާ، ޢަރަބިބަހުން ލިޔެ ކިޔުމާއި، ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން  އެދިވަޑައިގަންނަވާ ބޭފުޅުން، 26 ސެޕްޓެމްބަރ 2012 ވާ ބުދަ ދުވަހުގެ ކުރިން 7525158 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ.

މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތުތަކާއި އަޕްޑޭޓްތައް، ނޫރުލްއިސްލާމްގެ  ރަސްމީ  ވެބްސައިޓް www.noorul-islam.org އިން ލިބިވަޑައިގަންނަވާނެއެވެ.

29  ޝައްވާލް  1433

16 ސެޕްޓެމްބަރ 2012

 

 

ނޫރުލްއިސްލާމްގެ އިދާރާ

 


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1343 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް