ފަލަސްޠީނުގެ ޣައްޒާގައި ޒައިނިސްޓުން ހިންގަމުންދާ ޢުދުވާނުގައި ޙާލުގައި
ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޣައްޒާ ފަންޑުގެ
ފަންޑު ފޮށިތައް ހިތަދޫ އާގަލާ މާޓް ފިހާރައާއި، ފޭދޫ ތްރީ އެސް ސުޕަމާޓް
ފިހާރައިގައި ބެހެއްޓިފައި ވާނެއެވެ.
މިދެފިހާރައިގައިވެސް ފޮށިތައް ބެހެއްޓިފައިވަނީ އޯގަސްޓް 2 ވީ ހޮނިހިރު
ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިކަމުގައި އެދެފިހާރައިގެ ވެރިންގެ ފަރާތުން
ލިބުނު އެއްބާރުލުމަށްޓަކައި ނޫރުލްއިސްލާމުން އެބޭފުޅުންނަށް ޚާއްޞަ ޝުކުރެއް
ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
މިފުރުޞަތުގައި ޣައްޒާ
ފަންޑަށް ފައިސާ ދެއްވާ ބޭފުޅުންނަށާއި އަދި ފަންޑު ހޯދުމުގައި ޙަރަކާތްތެރިވާ
ހުރިހާ އޮފިޝަލުންނަށް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން ޝުކުރު ދަންނަވަމެވެ.