ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ

Thursday, August 28, 2014
 : 


 

އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫރުލްއިސްލާމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1435 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙައްޖު ފޯރަމް 1435 ނަމުގައި އެއް ދުވަހުގެ ޢިލްމީ ކޯހެއް ހިންގުމަށް އެޖަމްޢިއްޔާއިން ނިންމައިފިއެވެ.

އައްޑޫ އިން މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ހިލޭ ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިއަހަރު ޙައްޖަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް -/150 ރުފިޔާގެ ފީއަކާއެކު ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މިއަހަރު ޙައްޖަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެފުރަތަމަ ނަންނޯޓު ކުރައްވާ 25 ފަރާތަށްވެސް ކޯސްފީ ހިލޭ ދޭގޮތަށް ނޫރުލްއިސްލާމުން ވަނީ ހަމަޖައްސަވާފައެވެ.

މިކޯހުގައި ކިޔަވައި ދެއްވާނީ، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޞިއްދީޤާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ޢަފީފާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަމްޢޫންގެ އިތުރުން ނޫރުލްއިސްލާމްގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު އަނީލް އެވެ. މި ބޭފުޅުންނަކީ ޙައްޖާޖީންނަށް އިރުޝާދު ދެއްވުމުގައި 6 އަހަރަށްވުރެ ގިނަ ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންތަކެކެވެ.

މިކޯހުގައި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން ފެށިގެން، ޙައްޖަށް ރާއްޖެއިން ފުރުމާއި، އެނބުރި ރާއްޖެ އައުމާއި ދެމެދު ކުރަންޖެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ކިޔައިދެވި، ޢަމަލީ ގޮތުން ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2014 ސެޕްޓެމްބަރ 1 ގެ ކުރިން ނަންނޯޓު ކުރެއްވުމަށް 7676446 ނޫރުލްއިސްލާމުން އެދެއެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1008 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް